sugarcane
管理员
管理员
阅读:6786回复:2

[语言交流]divehi迪维希文

楼主#
更多 发布于:2008-06-21 09:19
有哪位可以解释一下

divehi  
 ދިވެހި  
 
ދިވެހިރާއްޖެއަކީ ޒަމާނުއްސުރެން ސައްތައިން ސައްތަ އިސްލާމީ ޤައުމެކެވެ. ދިވެހި ފަސްގަނޑުގައި ހެދޭ ކޮންމެ ޤާނޫނަކާއި ޤަވާޢިދަކީ އިސްލާމީ ޙުދޫދުގެ ތެރޭގައި، އިސްލާމީ އަދި ދިވެހިންގެ ޘަޤާފަތާއި އާދަކާދައަށް ބުރޫ ނާރާ އެއްޗަކަށްވުން ލާޒިމެވެ. އަދި ދުނިޔޭގެ ކޮންމެ ޤައުމެއްގައިވެސް ޤާނޫނާއި ޤަވާޢިދުތައް ހެދިފައިވަނީ އެއިރެއްގެ އެޤައުމެއްގައި ދިރިއުޅޭ އިންސާނުންގެ ވިސްނުމަށާއި އެބައެއްގެ ޒަމާންވީ ޘަޤާފަތާއި އާދަކާދައާއި އެބައެއްގެ ތެރޭގައި އޮތް ދީނެއް ނުވަތަ ދީންތަކަކަށްވެސް ބަލައިގެންނެވެ.  


 ކޮންމެއަކަސް، ނަސްލީ ތަފާތުކުރުންތަކާއި، ކުލަތަފާތުކުރުމާއި، ދީން ތަފާތުވީތީ މުޢާމަލާތުކުރުމުގައި ތަފާތުކުރުމަކީ ދުނިޔޭގައި މެދުނުކެނޑި ދެކެވެމުންދާ ވާހަކައެކެވެ. އެހެންނަމަވެސް، ދިވެހިރާއްޖޭގައި ދިވެހިންގެ ބިމުގައި، ދިވެހިންނަކީ އެއް ޘަޤާފަތެއްގެ އެއް ނަސްލެއްގެ އެއްބަހެއްގެ އަހުލުވެރިންނަށް ވީހިނދު، ވަޒީފާދިނުމުގައި ތަފާތުކުރަންވީ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުފެނެއެވެ. އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރު ޙިއްސާވާ ބައެއް ކުންފުނިތަކާއި، ސަރުކާރުގެ ބައެއް ދާއިރާތަކާއި އަމިއްލަ ބައެއް ކުންފުނިތަކުގައި އަންހެން ބޭފުޅުން ބުރުގާ އެޅުމާއި ފިރިހެން ބޭފުޅުންގެ ތުނބުޅި ބެހެއްޓުމަކީ މަނާކަމެކެވެ.  
 
 ފަރާތްތަކަށް އެފަރާތްތަކުން ޕޮލިސީ ލެވެލްގައި މިކަން ރިވިއުކޮށް އިޞްލާޙުކުރުމަށް ގޮވާލަމެވެ. އަދި އިސްލާމްދީނުގައި އަންގަވާފައިގޮތަށް ހެދުން އެޅުމަކީ ޤާނޫނު އަސާސީ ހިމާޔަތް ކުރާ އަސާސީ މިނިވަންކަމުގެ ތެރެއިންވާ ކަމެއްކަމުގައި ވެފައި ،އެފަރާތްތަކަށް ވަޒީފާ ލިބުމަކީ އިންސާނީ ޙައްޤެއްކަމަށްދެކި މިޙައްޤު ހޯދަދިނުމަށާއި، މިޙައްޤު ނިގުޅައިގަންނަ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުއްވުމަށް ސަރުކާރުގެ ކަމާއި ބެހޭ މުއައްސަސާތަކަށް ގޮވާލަމެވެ. އަދި މިކަން ދިވެހި ސަރުކާރުގެ ސަމާލުކަމަށް ގެނެސްދެއްވައި ވަޒީފާދިނުމުގައި ތަފާތުންކުރުންތައް ނެތް މުޖުތަމައެއް ބިނާކުރުމަށް ސަރުކާރާއި އެކުވެގެން މަސައްކަތްކުރަމަށް ދިވެހި ރާއްޖޭގެ ހިއުމަންރައިޓްސް ކޮމިށަނަށް ގޮވާލަމެވެ. ނިމުނީ!

最新喜欢:

跨境电商运营iMjmJ.Com跨境电商运营...
其实在声同,除了找资料以外,还可以交交朋友。欢迎光临声同!
83230290
骑士
骑士
沙发#
发布于:2008-10-13 15:00
我爱你  用迪维希语怎么说啊?
sugarcane
管理员
管理员
板凳#
发布于:2008-06-21 09:26
知道了,是“迪维希文”
英文名称:divehi
其实在声同,除了找资料以外,还可以交交朋友。欢迎光临声同!
游客

返回顶部